އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ

އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަނީ

Author
ޙަސަން މުޙައްމަދު
05 ފެބްރުއަރީ 2026 10:21
0

މާލޭގައި ހުންނަ މައި ވިޔަފާރި ބަނދަރު، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ކ. ތިލަފުއްޓަށް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ކަނޑައެޅިފައިވާ ތާރީހަށް، މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތްތައް އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއަކީ މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށާއި، މުދާ އުފުުލުމާއި ބޭލުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި ބަދަލާއެކު މާލޭގެ މަގުތަކަށް ލުއިކަން ލިބި، ވިޔަފާރިތަކަށް މުދާ ކްލިއަރ ކުރުމުގައި ފަސޭހަތަކެއް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.