ވޯޓަކާ ނުލައި ހަތަރު ރަށެއްގެ ކައުންސިލް ރައީސްކަން ޕީއެންސީއަށް ކަށަވަރުވެއްޖެ

ވޯޓަކާ ނުލައި ހަތަރު ރަށެއްގެ ކައުންސިލް ރައީސްކަން ޕީއެންސީއަށް ކަށަވަރުވެއްޖެ

Author
ޙަސަން މުޙައްމަދު
02 ފެބްރުއަރީ 2026 11:19
0

އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަވެރި އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ، ހަތަރު ރަށެއްގެ ކައުންސިލް ރައީސްކަމުގެ ގޮނޑި، ވެރިކަން ކުރާ ޕީއެންސީއަށް ވޯޓަކާ ނުލައި ކަށަވަރުވެއްޖެއެވެ.

މިގޮތުން އިންތިހާބަކާ ނުލައި ހއ. އުތީމު ކައުންސިލްގެ ރައީސްކަން ކާމިޔާބު ކުރެއްވީ މިހާރުވެސް އެ މަގާމުގައި ހުންނެވި އަބްދުالله ރަޝީދެވެ. އަދި އެ އަތޮޅު ބާރަށު ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވަނީ އަލީ ޝަމީމްއެވެ. މީގެ އިތުރުން އދ. އަތޮޅުގެ ދެ ރަށެއްގެ ރައީސްކަންވެސް ވަނީ ޕީއެންސީއަށް ލިބިފައެވެ. އެއީ އދ. މަންދޫ ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި، މިހާރުގެ ރައީސް މުހައްމަދު ސައީދާއި، ދިއްދޫ ކައުންސިލްގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި އަނީސް މުހައްމަދެވެ. އަނީސްއަކީ މިހާރުވެސް އެ ކައުންސިލްގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މި ގޮނޑިތައް ޕީއެންސީއަށް ކަށަވަރުވީ އިދިކޮޅު އެއްވެސް ޕާޓީއަކުން ނުވަތަ އަމިއްލަ ގޮތުންވެސް އެއްވެސް ފަރާތަކުން މި ދާއިރާތަކަށް ކުރިމަތިލާފައި ނުވުމުންނެވެ. ކައުންސިލް ރައީސްކަމުގެ އިތުރުން، މި ދެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކާއި، ދިއްދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިވެސް ލިބިފައިވަނީ ޕީއެންސީއަށެވެ.

މި ކެންޑިޑޭޓުންނަށް ގޮނޑި ކަށަވަރުވެފައި ވީނަމަވެސް، އިލެކްޝަންސް ކޮމިޝަނުން މިކަން އަދި ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.