ހުޅުމާލޭގައި ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ޒުވާނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ހުޅުމާލޭގައި ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ޒުވާނަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

Author
ޙަސަން މުޙައްމަދު
15 ޖެނުއަރީ 2026 07:35
0

ހުޅުމާލޭގައި ފުޅާދާއިރާއެއްގައި ވޭޕްގެ ވިޔަފާރިކުރަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އުމުރުން 25 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިއަދު ހިންގި މި އޮޕަރޭޝަންގައި އެ ޒުވާނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައިފާސްކޮށްފައިވެއެވެ.

މިގޮތުން އެ ތަން ބަލައިފާސްކުރިއިރު، ވިޔަފާރި ކުރުމަށް ބޭނުންކުރާ ގިނަ އަދަދެއްގެ ތަކެތި ފުލުހުން ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖްއާއި، ވޭޕް ޑިވައިސްތަކާއި ޕޮޑްގެ އިތުރުން، އެ ވިޔަފާރިން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާވެސް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފަރާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ. މިހާރު ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކޮށް، މިކަމާ ގުޅުންހުރި އިތުރު ކަންކަން ބަލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.