ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހަދަނީ

ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހަދަނީ

Author
އަލީ ރައޫފް
13 ޖެނުއަރީ 2026 08:49
0

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ސަރަހައްދުގައި ވަގުތީ ލޯކަލް މާރުކޭޓެއް ތަރައްގީކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

މި މާރުކޭޓު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދު އޮތް ބިމުގައެވެ. ޖުމްލަ 24 ގޮޅި ހިމެނޭހެން ތަރައްގީކުރާ މި މާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

އެ ކޯޕަރޭޝަނުން ހާމަކުރާ ގޮތުގައި މާރުކޭޓުގެ މަސައްކަތް ނިމުމާއެކު، ގޮޅިތައް ދޫކުރާނެ ފަރާތްތައް ކަނޑައަޅާނީ އާންމުކޮށް އިއުލާނުކޮށްގެންނެވެ. މިއީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެޗްޑީސީން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.