ޕީއެންސީގެ ލޯކަލް ކައުންސިލް އިންތިހާބު 2026 ގެ ޕްރައިމަރީގައި، މައްސަލަ ހޫނުވެ ނަތީޖާ އިއުލާނުކުރުން ލަސްވި މައްޗަންގޮޅި އުތުރު ދާއިރާގެ ޓިކެޓް، މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާ ވާދަކޮށް އެންމެ ވޯޓެއްގެ ތަފާތުން އާދަމް އަދީމް ކާމިޔާބުކޮށްފިއެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހު ބޭއްވި މި އިންތިހާބުގައި ޖުމްލަ ހަތަރު ކެންޑިޑޭޓުން ވާދަކުރިއިރު، އަދީމް ޕްރައިމަރީ ކާމިޔާބު ކުރެއްވީ 58 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޔޫއްޕެއަށް ލިބިވަޑައިގަތީ 57 ވޯޓެވެ. މީގެ އިތުރުން މި ދާއިރާއަށް ވާދަކުރެއްވި ހުސައިން އިސްހާގަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު، އިމްތިޔާޒް މުހައްމަދަށް ލިބިވަޑައިގަތީ 20 ވޯޓެވެ.
މި ދާއިރާގެ ވޯޓު ފޮށި ގުނަމުން ދިޔަ ވަގުތު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ވޯޓު ގުނުން މެދުކެނޑި، އެހެން ދާއިރާތަކާ އެކު މި ފޮށީގެ ނަތީޖާ އިއުލާނުކޮށްފައެއް ނުވެއެވެ. ޕީއެންސީން އަދީމް އިންތިހާބު ކާމިޔާބުކުރިކަން ކަށަވަރުކޮށްދިނީ ފަހުންނެވެ.
ކޮމެންޓު ފޮނުވާ