ދިއްދޫ އެއާޕޯޓު މަޝްރޫއު: 5 ދުވަހުގެ ތެރޭގައި 21 ހެކްޓަރު ހިއްކައި، މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދިއްދޫ އެއާޕޯޓު މަޝްރޫއު: 5 ދުވަހުގެ ތެރޭގައި 21 ހެކްޓަރު ހިއްކައި، މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

Author
އާދަމް ނުހާދް
11 ޖެނުއަރީ 2026 07:03
0

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައި، ރެކޯޑު މިންވަރަކަށް މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކުރިއަށް ގެންދާ މި ބިޔަ މަޝްރޫއުގެ ދަށުން، ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް ވަނީ 21 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައެވެ.

އެމްއޭސީއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތް ކުރިއަށްދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. މިހާތަނަށް ހިއްކާފައިވާ 21 ހެކްޓަރަކީ މުޅި މަޝްރޫއުގެ ނިސްބަތުން ބަލާއިރު %18.75 މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން ދިއްދޫ ފަޅުން ޖުމްލަ 110 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިއްދޫގެ މިހާރު އޮތް ބިމުގެ ބޮޑުމިނަށްވުރެ ވެސް ބޮޑު ސަރަހައްދެކެވެ. އަލަށް ހިއްކާ މި ބިމަކީ ހަމައެކަނި އެއާޕޯޓު އެޅުމަށް ޚާއްސަ ބިމެއް ނޫނެވެ. އޭގެ އިތުރުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް، ހައުސިންގ މަޝްރޫއުތައް ހިންގުމަށްވެސް މި ބިން ބޭނުންކުރުމަށް ވަނީ ނިންމާފައެވެ.

ދިއްދޫގައި އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، އެ ސަރަހައްދަކީ މިހާރުވެސް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ކައިރިން ލިބެން އޮތް ސަރަހައްދެކެވެ. އެގޮތުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި ފަނަރަ ވަރަކަށް މިނެޓުން ދިއްދުއަށް ދެވޭއިރު، ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން ދިއްދުއަށް ދިއުމަށް ލޯންޗެއްގައި ހޭދަވަނީ ގާތްގަނޑަކަށް ވިހި މިނެޓެވެ. ނަމަވެސް ދިއްދޫ އެއާޕޯޓާއެކު އަތޮޅުގެ ދަތުރުފަތުރަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.