ކޮންގްރެސް ޕާޓީގެ މައި ހަރުގެ ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވައިފި

ކޮންގްރެސް ޕާޓީގެ މައި ހަރުގެ ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވައިފި

Author
ޙަސަން މުޙައްމަދު
08 ޖެނުއަރީ 2026 10:32
0

އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހ. ވެޔޮވިލާގައި ޤާއިމުކޮށްފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ޑިމޮކްރެސީގެ ރިވެތި އުސޫލުތަކާ އެއްގޮތަށް ޒިންމާދާރުކަމާއެކު ޕާޓީގެ ހަރަކާތްތައް ފުޅާކޮށް، މަސައްކަތުގެ ދުވެލި ހަލުވިކުރުމަށް ލިބުނު މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

ދެ ފަންގިފިލާއަށް ހަދާފައިވާ މި އިމާރާތުގެ ތިރީ ބައި ޖަގަހައެއްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، މަތީ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އިދާރީ އޮފީހުގެ ގޮތުގައި ބޭނުންކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.