އުމްރާގެ އަޅުކަމުގައި އުޅުއްވަނިކޮށް، 36 އަހަރު ދައުލަތަށް ޚިދުމަތް ކުރެއްވި ވައިކަރަދޫ ރަޝީދު ނިޔާވެއްޖެ

އުމްރާގެ އަޅުކަމުގައި އުޅުއްވަނިކޮށް، 36 އަހަރު ދައުލަތަށް ޚިދުމަތް ކުރެއްވި ވައިކަރަދޫ ރަޝީދު ނިޔާވެއްޖެ

Author
ހުސައިން
07 ޖެނުއަރީ 2026 04:14
0

ދައުލަތަށް 36 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި، އިބްރާހިމް ރަޝީދު (ވައިކަރަދޫ ރަޝީދު) އުމްރާގެ އަޅުކަމުގައި ސައުދީގައި އުޅުއްވަނިކޮށް އިއްޔެ ނިޔާވެއްޖެއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، ސަފާއި ހިޖްރާ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހި ދެ އުމްރާވެރިން މަރުވެފައިވާއިރު، ޖަނާޒާގެ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ވައިކަރަދޫއަށް އުފަން ރަޝީދު، އޮޑިޓު އޮފީހާއި ފިނޭންސް މިނިސްޓްރީއާއި އެންޓި ކޮރަޕްޝަން ކޮމިޝަންގައި ޚިދުމަތް ކުރައްވާފައިވާއިރު، އުމުރުން 65 އަހަރުގައި ސަރުކާރުގެ ވަޒީފާއިން ރިޓަޔާކުރެއްވިއެވެ. ރާއްޖޭގެ އޮޑިޓާއި މާލީ ދާއިރާއަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ރަޝީދު، ލިޔުންތެރިކަމުގެ ދާއިރާއިން ވެސް ވަނީ ފާހަގަކޮށްލެވިފައެވެ. އެކި ނޫސްތަކަށް ލިޔުއްވާފައިވާ ރަޝީދު، ފޮތްވެސް ލިޔުއްވާފައިވާއިރު، ނިޔާވިއިރު ދެ ފޮތެއް ޗާޕު ކުރަން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.