ރަސްމާލެގެ "ސައިޓް އޭ" އިން 64 ހެކްޓަރުގެ ބިން ހިއްކައިފި

ރަސްމާލެގެ "ސައިޓް އޭ" އިން 64 ހެކްޓަރުގެ ބިން ހިއްކައިފި

Author
އަހުމަދު
06 ޖެނުއަރީ 2026 08:46
0

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން "ސައިޓް އޭ" އިން 64 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، 138 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާ "ސައިޓް އޭ" އިން މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ލީޑުކުރާ މި މަސައްކަތުގައި ދުވާލަކު އެވްރެޖްކޮށް ދޮޅު ހެކްޓަރުގެ ބިން ހިއްކަމުންދާއިރު، މަސައްކަތް ވަރުގަދަކުރުމަށް ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑު ޑްރެޖަރުގެ ތެރެއިން ކަމަށްވާ "ކްރިސްޓަބަލް ކޮލޯން" ވެސް ބޭނުންކުރަމުންދެއެވެ.

މި މަސައްކަތް 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްދާއިރު، އެމްއޭސީއެލްގެ އިތުރުން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، އިންޑިއާގެ މޯހަން މުތާ އަދި ޗައިނާ ހާބަރ އިންޖިނިއަރިން ވެސް ބައިވެރިވެއެވެ. ސަރުކާރުގެ ޕްލޭން އަކީ އަންނަ މާޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ފުރިހަމަކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.