ތިލަފުށީ ޕޯޓު ޑީޕީ ވޯލްޑަށް ވިއްކާލުމުގެ ވާހަކަތައް ދޮގު ކޮށްފި

ތިލަފުށީ ޕޯޓު ޑީޕީ ވޯލްޑަށް ވިއްކާލުމުގެ ވާހަކަތައް ދޮގު ކޮށްފި

Author
ހުސައިން
06 ޖެނުއަރީ 2026 01:04
0

ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރުގެ އަމަލީ މަސައްކަތް ހއ. ދިއްދޫގެ އެއާޕޯޓުގެ ބިން ހިއްކުމަށް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މާލޭ ވިޔަފާރި ބަނދަރު ޑީޕީ ވޯލްޑަށް ވިއްކާލަން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވާ ވާހަކަތައް މިނިސްޓަރު ޒަމީރު ދޮގުކުރެއްވައިފިއެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވިދާޅު ގޮތަށް، ތިލަފުށީގައި ހަދާ ޕޯޓު ޑީޕީ ވޯލްޑަށް ވިއްކާލުމަކީ ކުރީގެ ހުންނަ އެއް މަޝްރޫއުކަމަށް ވިދާޅުވި ނަމަވެސް، މި ކަމަކީ ހަގީގަތެއް ނޫންކަމަށް ޒަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ތިލަފުށީ ޕޯޓާއި އެމްޕީއެލް އަދި ވެލާނާ އެއާޕޯޓާ ގުޅޭ އިންވެސްޓްމަންޓް ޕްރޮޕޯޒަލްތައް ލިބޭ ނަމަވެސް، ދިވެހިންގެ މަންފާއަށް ނުވާނެކަންކަން ނުކުރައްވާނެ ކަމަށެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރާއި، ދިއްދޫ ދާއިރާގެ މެންބަރު ލަތީފް އަދި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.