ޚުޠުބާގެ މަޢުޟޫޢު ކަނޑައެޅުމަށް 600 އެއްހައި ހިޔާލު ހުށަހަޅައިފި

ޚުޠުބާގެ މަޢުޟޫޢު ކަނޑައެޅުމަށް 600 އެއްހައި ހިޔާލު ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
03 ޖެނުއަރީ 2026 07:29
0

ޚުޠުބާގެ މަޢުޟޫޢު ކަނޑައެޅުމަށް 600 އެއްހައި ހިޔާލު ހުށަހަޅައިފިއެވެ. މުޖުތަމަޢަށް އެންމެ ބޭނުންތެރި ގޮތުގައި ޚުޠުބާ ތައްޔާރުކުރުމަށްޓަކައި ޚުޠުބާގެ މަޢުޟޫއުތަކާއި މެދު ރައްޔިތުންގެ ޚިޔާލު ހޯދަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ޚުތުބާ ދެވޭ ފެންވަރުގެ އިމާމުން ނޫންކަމަށެވެ. އަދި ހައްދެއް އިމެއް ނެތި މިކަން އެންމެންނަށް ހުޅުވާލައިފިނަމަ ދީނީ ގޮތުން ނުތަނަވަސް ހާލަތަކަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ރާއްޖޭގެ މަސްލަހަތާއި ދީނީ އެއްބައިވަންތަކަމަށްޓަކައި ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚުޠުބާގެ ކަންތައްތައް ދަމަހައްޓަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓަށް މިހާތަނަށް 600 އެއްހައި ހިޔާލު ލިބިފައިވާއިރު، އެކި ފަރާތްތަކުން ވަނީ އިޖްތިމާޢީ މައްސަލަތަކާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޢުޟޫތަކާއި، ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތަކާގުޅޭ މަޢުޟޫތައް ހިއްސާކޮށްފައެވެ. އެންމެ ގިނަ ފަރާތްތަކަށް ކަމުދާ މަޢުޟޫޢު އިޚްތިޔާރުކޮށް ޚުޠުބާ ތައްޔާރުކުރުމަށް ވުޒާރާއިން ވަނީ ނިންމައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.