ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެލައިޑުން ހާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެލައިޑުން ހާއްސަ ހެލްތު އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކޮށްފި

Author
އައިޝަތު އަޙްމަދު
02 ޖެނުއަރީ 2026 12:03
0

އެލައިޑު އިންޝުއަރެންސް ކޮމްޕެނީން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ހެލްތު އިންޝުއަރެންސް ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

'ކޯޕަރޭޓު ގްރޫޕު ހެލްތު އިންޝުއަރެންސް' ގެ ނަމުގައި ތައާރަފުކުރި މި ޕެކޭޖުތަކަކީ އެސްއެމްއީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުބާރުހުރި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެއް ކަމަށް އެލައިޑުން ބުންޏެވެ. މި ޕެކޭޖުގެ ދަށުން ހޮސްޕިޓަލުގައި އެޑްމިޓްވެގެން ދޭ ފަރުވާއާއި އޮޕަރޭޝަންތަކާއި ބޮޑެތި ބަލިތަކަށް ކުރާ ފަރުވާގެ އިތުރުން ޑޮކްޓަރަށް ދެއްކުމާއި ޓެސްޓުތައް ހެދުމާއި ބޭސްފަރުވާގެ އެހެނިހެން ހަރަދުތައް ކަވަރުކުރެ އެވެ. މީގެ އިތުރުން މި ޕްލޭނުގެ ދަށުން 'ޕާސަނަލް އެކްސިޑެންޓު ކަވަރޭޖު' އިހުތިޔާރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

މުވައްޒަފުންގެ އަދަދަށް ބަލައި ވިޔަފާރިއަށް އެންމެ އެކަށޭނަ ގޮތަށް ބަދަލު ގެނެވޭނެ އަދި މެނޭޖު ކުރަން ފަސޭހަ މި ޕެކޭޖުތައް ތައާރަފުކުރީ މިފަދަ ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެ ވިޔަފާރިތަކުން ބޭނުންވާތީ ކަމަށް އެލައިޑުން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.