ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
ޙަސަން މުޙައްމަދު
30 ޑިސެމްބަރ 2025 08:50
0

ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު މިއަދު ވަރަށް ކުއްލިއަކަށް ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކެލާގައި ހުއްޓާ މެޔަށް ތަދެއް އަރައިގެން އިރުއޮއްސުނު ހާއިރު ފައްތާހު ކެލާ ހެލްތު ސެންޓަރަށް ގެންދެވިފައިވާއިރު، އިމަރޖެންސީ ގޮތުގައި ފަރުވާއަށްފަހު ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަކަމަށް އާއިލާ އިން ބުނެފައިވެއެވެ.

1971 ވަނަ އަހަރުގެ ޑިސެމްބަރު 6 ވަނަ ދުވަހު އުފަންވި ފައްތާހު އަކީ ދިވެހި ސިނަމާގައި ވަރަށް ނަންހިނގާ ޑައިރެޓަރއެކެވެ. ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް، އެޑިޓަރެއް، ސްކްރީންރައިޓަރެއް އަދި ކޮރިއޮގްރާފަރެއްގެ ހައިސިއްޔަތުން ފިލްމީ ދާއިރާއަށް ވަރަށް އަގުހުރި މަސައްކަތްތަކެއް އޭނާ ކޮށްދެއްވާފައިވެއެވެ.

ދިވެހި ސިނަމާގެ އެންމެ ކާމިޔާބު ފިލްމުތައް އުފެއްދުމުގައި ފައްތާހުގެ ހިއްސާ ވަރަށް ބޮޑެވެ. އޭނާގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަތަރު ގައުމީ ފިލްމު އެވޯޑާއި ދެ މޯލްޑިވްސް ފިލްމު އެވޯޑު ހިމެނޭހެން ގިނަ އަދަދެއްގެ އެވޯޑުތައް ލިބިވަޑައިގެންފައިވެއެވެ. 2004 ވަނަ އަހަރު ދިވެހި ސަރުކާރުން ފައްތާހަށް ގައުމީ އިނާމު ވެސް ދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.