ކޭ ޕާކް ރެސިޑެންސްގެ ފްލެޓް ވިއްކުމުގެ ނަމުގައި ގިނަ މީހުންގެ އަތުން ފައިސާ ހޯދި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް އަދަބު ކަނޑައެޅުން މާދަމާގެ ހެނދުނަށް ފަސްކޮށްފިއެވެ.
މި މައްސަލާގައި ދައުލަތުން މަންޑޭގެ މައްޗަށް ޖުމްލަ 104 ދައުވާ ކުރިއިރު، އޭގެ ތެރެއިން 94 ދައުވާ ވަނީ ސާބިތުވެފައެވެ. މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް އެހާ ގިނަ ދައުވާ ކުރި ފުރަތަމަ މައްސަލައެވެ. ދައުވާތަކުގެ ތެރޭގައި ޓެކުމުގެ 50 ދައުވާއާއި އޮޅުވާލުމުގެ 50 ދައުވާއަށް ވުރެ ވެސް ގިނަ އަދަދެއް ހިމެނެއެވެ. އަދަބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ދައުލަތުން އެދުނީ މަނީ ލޯންޑްރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމާއި، ލޯންޑާކުރި ފައިސާގެ ފަސް ގުނަ އަދަދުން ޖޫރިމަނާކޮށް ދިނުމަށެވެ. މި މައްސަލާގައި ބައިވެރިވި އަނެއް ފަރާތް ޖައިޝާން ސައީދުގެ މައްޗަށް ވެސް 95 ދައުވާއެއް ދައުލަތުން ކުރިއިރު، އެ ހުރިހާ ދައުވާއެއް ވެސް މިއަދު ވަނީ ސާބިތުވެފައެވެ. މަންޑޭ ހުޅުމާލެއިން ގަނެފައިވާ އެޕާޓްމެންޓް ފާސްކޮށް، ގިނަ އަދަދެއްގެ އަގުބޮޑު މުދާތަކާއި އެޕާޓްމެންޓް ފުލުހުން ވަނީ ހިފެހެއްޓިފައެވެ.
ކޮމެންޓު ފޮނުވާ