އެއްނަންބަރު ޖެޓީގައި އުޅަނދުތަކަށް އޮވެވޭނީ 10 ދުވަހަށް

އެއްނަންބަރު ޖެޓީގައި އުޅަނދުތަކަށް އޮވެވޭނީ 10 ދުވަހަށް

Author
އައިޝަތު އަޙްމަދު
29 ޑިސެމްބަރ 2025 03:11
0

މާލެގެ އެއްނަންބަރު ޖެޓީގައި އުޅަނދުތަކަށް އޮވެވޭނީ އެންމެ ގިނަވެގެން 10 ދުވަހަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ. ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މާލެ ނޯތު ހާބަރު އޮޕަރޭޝަންސް ޔުނިޓުގެ ހެޑް ޖިޔާމް ސަޢީދު ވިދާޅުވީ އެއް ނަންބަރު ޖެޓީގެ އެއްގަމު ތޮށީގައި އުޅަނދަކަށް 10 ދުވަހަށް ވުރެ ގިނަ ދުވަހު ހުރުމުގެ ފުރުސަތެއް ނުދެވޭނެ ކަމަށާއި އެ މުއްދަތު ހަމަވުމުން އެހެން އުޅަނދުތަކަށް ފުރުސަތު ދިނުމަށްޓަކައި އުޅަނދު ދުރު ކުރަން ޖެހޭނެ ކަމަށެވެ.

އޭގެ ފަހުން އެ އުޅަނދަށް އަނެއްކާ ވެސް ތޮއްޓާއި ކައިރި ކުރެވޭނީ ކިއުގައި ޖެހިގެން ކަމަށް ޖިޔާމް ވިދާޅުވިއެވެ. ކުރިން 50 ރުފިޔާގެ ފީއެއް ނަގަމުން ދިޔަނަމަވެސް މިހާރު މި ޚިދުމަތް ދެވެނީ ހިލޭ ގޮތުގައި ކަމަށް ވެސް ޖިޔާމް ހާމަކުރެއްވިއެވެ. މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެމްއެމްއޭ ކުރިމައްޗަށް ވަގުތީގޮތުން ބަދަލު ކޮށްފައިވާއިރު އެ އުޅަނދުތަކަށް ވަކި ޚާއްޞަ ސަރަހައްދެއް ވެސް އެމްޕީއެލްއިން ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.