އައު އަހަރުގެ ބަންދު ދުވަސްތަކުގައިވެސް ބީއެމްއެލްގެ ޚިދުމަތްތައް ލިބޭނެ

އައު އަހަރުގެ ބަންދު ދުވަސްތަކުގައިވެސް ބީއެމްއެލްގެ ޚިދުމަތްތައް ލިބޭނެ

Author
އަހުމަދު
28 ޑިސެމްބަރ 2025 12:54
0

އައު އަހަރާ ދިމާކޮށް ހަތަރު ދުވަހަށް ބޭންކުތައް ބަންދުވިޔަސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކިންގ ޚިދުމަތްތައް ކަސްޓަމަރުންނަށް ލިބޭނެކަމަށް އެ ބޭންކުން ބުނެފިއެވެ. ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ ފަހު ހަފްތާގައި ބޭންކުތައް އޮޑިޓްކުރުމުގެ ގޮތުން، މި އަހަރުވެސް ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކާއި އެމްއެމްއޭ އަދި ބޭންކުތައް 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 3 ޖަނަވަރީ 2026 އާ ހަމައަށް ބަންދުވާނެއެވެ. މި ބޭންކުތައް ދެން ހުޅުވާނީ 4 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުއެވެ.

މި ބަންދު ދުވަސްތަކުގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި އޭޓީއެމް މެދުވެރިކޮށް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެކަމަށް އެ ބޭންކުން ހާމަކުރެއެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އަދި ވެބްޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.