މާލޭގެ މަގެއްމަތީގައި ނޭޕާލު ދެ އަންހެނުންގެ މެދުގައި މާރާމާރީއެއް ހިނގައިފި އެވެ. ސޯޝަލް މީޑިއާގައި ދަނީ މި ހާދިސާގެ ވީޑިއޯ ދައުރުވަމުންނެވެ.
ވީޑިއޯގައި ފެންނަނީ ދެ އަންހެނަކު އެކަކު އަނެކަކު ގައިގައި ތަޅައި، ބޮލުގެ އިސްތަށިގަނޑަށް ދަމަމުން ދަނިކޮށް، އެ ދެ މީހުން ދުރުކުރުވުމަށް އެހެން މީހުން މަސައްކަތްކުރާ މަންޒަރެވެ.
ފުލުހުން ބުނީ މިރޭ 7:47 ހާއިރު އަސަރީ ހިނގުމުގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މި މާރާމާރީ ހިނގާފައިވަނީ ނޭޕާލު ދެ އަންހެނުންގެ މެދުގައި ކަމަށާއި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުންނެވެ.
މާލޭގައި ފަހަކަށް އައިސް ގިނަ އަދަދަކަށް ބިދޭސީންގެ މެދުގައި މާރާމާރީތައް ހިންގަމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ