ހޯމް މިނިސްޓްރީން މިއަދު ގެޒެޓުކޮށްފައިވާ އިސްލާހުގައި، ރިޓަޔާވުމަށްފަހު ސަރުކާރުގެ މަގާމަކަށް ނުވަތަ ކުންފުންޏެއްގެ ވަޒީފާއަކަށް އައްޔަންކުރާ ފުލުހުންނަށް، އެ މަގާމުގައި ދެމިތިބޭ ދުވަސްވަރު ރިޓަޔާމަންޓް އިނާޔަތް ދިނުން މެދުކަނޑާލަން ނިންމައިފިއެވެ. މީގެ ކުރިން ރިޓަޔާވި ފުލުހުންނަށް މަހުންމަހަށް އިނާޔަތް ލިބެމުންދިޔަސް، އިންތިޚާބީ މަގާމަކަށް ހޮވިއްޖެ ނަމަ ނުވަތަ ސަރުކާރުގެ ވަޒީފާއަކަށް އައްޔަންކުރިއްޖެ ނަމަ، އެ ވަޒީފާއިން ވަކިވާ ހިސާބުން އިނާޔަތް އަލުން ދޭނެއެވެ. އަދި އައު ވަޒީފާއިން އިތުރު ޕެކޭޖެއް ލިބޭ ނަމަ، އިޚްތިޔާރުކުރަން ޖެހޭނީ ކޮންމެވެސް އެއް ޕެކޭޖެއްކަމަށް އިސްލާހުގައިވެއެވެ.
މި އިސްލާހު ގެނައީ، ރިޓަޔާކުރި މީހުން އައްޔަންކުރުމުން ޚަރަދު އިތުރުވާ ކަމުގެ ކަންބޮޑުވުންތައް ރައްޔިތުންގެ ފަރާތުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވުމަށްފަހުގައެވެ. މިހާރު ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރައްވަނީ، ރިޓަޔާކުރެއްވި ގިނަ ބޭފުޅުންނެވެ. އެ އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
ކޮމެންޓު ފޮނުވާ