ފުލުހުންގެ ބެލުމުގައި ހުރި ވޭޕް ނައްތާލައިފި

ފުލުހުންގެ ބެލުމުގައި ހުރި ވޭޕް ނައްތާލައިފި

Author
އައިޝަތު އަޙްމަދު
24 ޑިސެމްބަރ 2025 09:57
0

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވޭޕް އާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް މިއަދު ނައްތާލައިފިއެވެ. ގަލޮޅު ޕޮލިހާއި ހެންވޭރު ޕޮލިހުގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

ދޫނިދޫގައި މިއަދު ނައްތާލާފައިވަނީ 4 ޝީޝާޕަފް، 1 ވޭޕް، 442 ފްލެވާޑް ކާޓްރިޖް، 3 ނެނޯސްޓިކް އަދި 1 ކާޓޫނު ސިނގިރޭޓެވެ. އިލެކްޓްރޯނިކް ސިނގިރެޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކަކީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާކުރެވިފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.