ވޯކް ޕާމިޓާ ހިލާފަށް ވިޔަފާރި ކުރި ތިން ބިދޭސީން ހައްޔަރުކޮށްފި

ވޯކް ޕާމިޓާ ހިލާފަށް ވިޔަފާރި ކުރި ތިން ބިދޭސީން ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
24 ޑިސެމްބަރ 2025 12:12
0

ރާއްޖޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތި ވިޔަފާރި ކުރަމުންދިޔަ ބަންގްލަދޭޝްގެ ތިން ރައްޔިތަކު ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

މި ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ވޯކް ޕާމިޓާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް މަސައްކަތް ކުރާ ކަމަށެވެ. ކޯޓު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، މި މީހުންނަކީ ބިދޭސީންނަށް ވާތީ ކުށުގެ ތުހުމަތުން ސަލާމަތްވުމަށް ރާއްޖެ ދޫކޮށް ފިލައިގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. މި މައްސަލައާ ގުޅޭ އިތުރު ހެކި ދެން އޮންނަ މުއްދަތު މަޖިލީހަކަށް ހުށަހަޅާނެ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

އާންމު އުސޫލުން ނުގަވައިދުން ރާއްޖޭގައި އުޅެ ވިޔަފާރި ކުރާ ބިދޭސީން ގެންދަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށެވެ. ނަމަވެސް މި ތިން މީހުން ފުލުހުންގެ ބަންދަށް ގެނެސް ކޯޓު މެދުވެރިކޮށް މުއްދަތު ޖެހި ސަބަބު އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.