ހުޅުމާލެ ފޭސް 3ގެ 40 ހެކްޓަރު ހިއްކާ ނިންމާ، ފަރުކޮޅުފުއްޓާއި ގުޅުވާލައިފި

ހުޅުމާލެ ފޭސް 3ގެ 40 ހެކްޓަރު ހިއްކާ ނިންމާ، ފަރުކޮޅުފުއްޓާއި ގުޅުވާލައިފި

Author
އަހުމަދު
21 ޑިސެމްބަރ 2025 08:09
0

ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށް ގެންގޮސް ފަރުކޮޅުފުއްޓާއި ހުޅުމާލެ 3 ގުޅުވާލައިފިއެވެ. މި މަސައްކަތް ކުރަމުންދާ އެމްއޭސީއެލުން މިއަދު މީޑިޔާގައި ހާމަކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި، ހިއްކަން ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 40 ހެކްޓަރު މިހާރު ހިއްކާ ނިމިފައިވާއިރު، މިއީ މުޅި މަޝްރޫޢުގެ 63.5 ޕަސެންޓެވެ.

ހުޅުމާލޭގެ މާސްޓަޕްލޭންގައި ކުރިން އޮތީ ހުޅުމާލެ 3 އާއި ފަރުކޮޅުފުއްޓާ ދެމެދުގައި ކޯރެއް ބާއްވައިގެން ޗެނަލް ބްރިޖުތަކުން ދެ ސަރަހައްދު ގުޅުވާ ގޮތަށެވެ. ނަމަވެސް މިދިޔަ މެއި މަހު އެޗްޑީސީން މާސްޓަޕްލޭނަށް ބަދަލު ގެނެސް، ކަނެކްޓިވިޓީ ރަނގަޅުކުރުމުގެ ބޭނުމުގައި ދެ ސަރަހައްދު އެއްކޮށްލުމަށް ނިންމިއެވެ.

ފޭސް 3 ހިއްކުމުގެ މަސައްކަތް ފެށުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި ނަމަވެސް އެކި ސަބަބުތަކާ ހެދި ލަސްވެފައިވުމާ ގުޅިގެން މި އަހަރުގެ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު މަސައްކަތް އަލުން ފަށާފައިވެއެވެ. މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށް ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދެ ޑްރެޖަރު ބޭނުންކުރަމުން އަންނައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މި މަސައްކަތް ޑިސެމްބަރ މަހުގެ ފަހުކޮޅު ނިމޭނެކަމަށް އުންމީދުކުރައްވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.