ކ. ނަކައްޗާފުށި ކައިރީގައި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖަރު ހޮޅިތަކެއް ހުޅަނގުދެކުނަށް އަރިއަތޮޅު ދިމާލަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިހުރަސް ކަނލާއި، މި ސަރަހައްދު ކައިރިން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި އިތުރު ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
ކޮމެންޓު ފޮނުވާ