މާލޭގައި 17 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފި

މާލޭގައި 17 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފި

Author
އަހުމަދު
21 ޑިސެމްބަރ 2025 02:42
0

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ މާލޭގައި 17 މަސާޖު ޕާލާއެއް ބަލައި ފާސްކޮށްފިއެވެ.

އިމިގްރޭޝަނުގެ ޓާސްކްފޯހުން ކުރިއަށްގެންދާ މި އޮޕަރޭޝަންގައި މިފަދަ ވިޔަފާރިތަކުގައި ނުޤަވައިދުން އުޅޭ ބިދޭސީން ހައްޔަރުކޮށް، އޮންނަ އުސޫލުން އެފަރާތްތައް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަން އިމިގްރޭޝަނުން ހާމަކުރެއެވެ. މިހާތަނަށް މި އޮޕަރޭޝަންގެ ދަށުން 52 މަސާޖު ޕާލާއެއް ބަންދުކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.