ނޯރާ ބޭނުމީ ތައިމޫރާ އިންނަން، ކަރީނާ ގެ ޖަވާބަކީ މީ!

ނޯރާ ބޭނުމީ ތައިމޫރާ އިންނަން، ކަރީނާ ގެ ޖަވާބަކީ މީ!

ކަރީނާ ކަޕޫރް ޚާން ގެ ޗެޓް ޝޯވ ގައި ނޯރާ ފަތޭހީ ބުނި ވާހަކައަކުން މުޅި ސޯޝަލްމީޑިއާގެ އޭނާއަށް ސަމާލުކަން ލިބިގެންދިޔައެވެ.

ކަރީނާގެ ޗެޓް ޝޯވ "ވަޓް ވުމެން ވޯންޓް" ގައި ކަރީނާ އާއި ސައިފް އަލީ ޚާންއަށްވެސް ނޯރާގެ ނެށުންވަރަށް ކަމުދާކަމަށާއި އެދެމީހުން އެއީ އޭނާގެ ފޭނުންކަމަށް ބުންޏެވެ. ނަމަވެސް ދެން ނޯރާ ބުނި އެއްޗަކުން ކަރީނާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނޯރާ ބުނަނީ ތައިމޫރް ބޮޑުވުމުން އޭނާއާއި ކައިވެނިކުރަން ބޭނުންވާ ކަމަށެވެ.

އެއާއެކު ކަރީނާ ވަރަށް ބާރަށް ހެމުން ބުނެފައިވަނީ ޓިމް ޓިމްއަށް އަދި 4 އަހަރުކަމަށާއި އަދި ވަރަށް ވަގުތު އެބައޮތްކަމަށެވެ. ރައްދެއްގެ ގޮތުގައި ނޯރާ ބުނަނީ އޭނާ އިންތިޒާރުކުރާނެކަމަށެވެ. ތައިމޫރަކީ އެންމެ ފުރަތަމަ ދުވަހުއްސުރެ ބޮލީވުޑްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ސްޓަރ ކިޑެވެ.

ނޯރާ ފަތޭހީ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑްގެ ތެރެއިން މަގްބޫލުކަން ހޯދާ އާންމުންގެ ތަރުހީބު ލިބިފައިވާ ތަރިއެކެވެ. ނޯރާ ވަނީ "ސަތްޔަމެެއި ވަޖަޔަތޭ"ގެ އައިޓަމް ލަވަ "ދިލްބަރް"، "ބަތުލާ ހައުސް" ގެ "އޯ ސާކީ ސާކީ" ފަދަ މަޤުބޫލު ލަވަތަކަށް ފެނިގެންގޮސްފައެވެ. އަދި ފިލްމު"ސްޓްރީޓް ޑާންސާ 3ޑީ"" އިންވެސް ނޯރާގެ އެކްޓުކުރުމާއި ނެށުމުގެ ހުނަރު ވަނީ ފޭނުން ބަލައިގަނެފައެވެ

ނޯރާ އެންމެ ފަހުން ފެނުނު ލަވަ "ނާޗް މެރި ރާނީ" އަކީވެސް ބެލުންތެރިންގެ ބަލައިގަތް ލަވައެކެވެ. ނޯރާ ދެންފެނިގެންދާނީ ފިލްމު "ބުޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އިންނެވެ. މި ފިލްމުގައި ނޯރާގެ އިތުރުން އަޖޭ ދޭވްގަން، ސަންޖޭ ދަތު އަދި ސޮނާކްޝީ ސިންހާ ލީޑް ރޯލުންފެނިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *