ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ ސްރީލަންކާގެ ދެ މަސްބޯޓު އެމްއެންޑީއެފުން ހިފަހައްޓައިފި އެވެ. މި ބޯޓުތައް ހިފެހެއްޓީ ހއ. ކެލާގެ އިރުން 51 ނޯޓިކަލް މޭލު ދުރުގައި ހަރަކާތްތެރިވަނިކޮށް އިއްޔެ ހެނދުނު 8:30 ހާއިރު އެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަން ހިންގީ ސަރަހައްދީ ގައުމުތަކުން ހިއްސާކުރި މައުލޫމާތުގެ ޒަރިއްޔާއިން އެއްކުރެވުނު މައުލޫމާތަކަށް ރިއާޔަތްކޮށް، އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާކޯގެ ގުޅިގެން ހިންގި ސާވެއިލަންސް އޮޕަރޭޝަނެއްގެ ދަށުންނެވެ. މި ދެ ބޯޓު މިހާރު ކުޅުދުއްފުށީ ސިޓީ ބަނދަރަށް ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ