ވޯލްޑް ކަޕް 2026: ސަޕޯޓަރުންނަށް 60 ޑޮލަރުގެ ޚާއްޞަ ޓިކެޓް ތައާރަފް ކޮށްފި

ވޯލްޑް ކަޕް 2026: ސަޕޯޓަރުންނަށް 60 ޑޮލަރުގެ ޚާއްޞަ ޓިކެޓް ތައާރަފް ކޮށްފި

Author
އަހުމަދު
17 ޑިސެމްބަރ 2025 10:20
0

2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޓިކެޓް އަގު ބޮޑުވުމުގެ ޝަކުވާތަކާ ގުޅިގެން، އާންމު ސަޕޯޓަރުންނަށް އަތްފޯރާ ފަށުގައި ޓިކެޓް ފޯރުކޮށްދިނުމަށް ފީފާއިން ޚާއްޞަ ފިޔަވަޅެއް އަޅައިފިއެވެ.

އަންގާރަ ދުވަހު ފީފާއިން އިއުލާންކުރި "ސަޕޯޓާ އެންޓްރީ ޓިއާ" ގެ ނަމުގައި ތައާރަފްކުރި މި ޓިކެޓްތައް ލިބޭނީ އެންމެ 60 ޑޮލަރަށެވެ. މި ޓިކެޓްތަކުން މުބާރާތުގެ 104 މެޗަށްވެސް ވަދެވޭނެ ކަމަށާއި، އޭގައި ފައިނަލް މެޗުވެސް ހިމެނޭ ކަމަށް ފީފާއިން ބުންޏެވެ. މި ޓިކެޓްތައް ދޫކުރާނީ މުބާރާތުގައި ކުޅޭ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުން، އެ ގައުމުތަކުގެ ވަފާތެރި ސަޕޯޓަރުންނަށް ދިނުމަށެވެ. ކޮންމެ ގައުމަކަށް ލިބޭ ޖުމްލަ ޓިކެޓް އެލޮކޭޝަންގެ 10 އިންސައްތަ ޓިކެޓް ހިމެނޭނީ މި ކެޓަގަރީގައެވެ.

ނަމަވެސް، ފުޓްބޯލް ސަޕޯޓާސް ޔޫރަޕް (އެފް.އެސް.އީ) ގެ ޑައިރެކްޓަރު ރޮނާން އެވައިން ވިދާޅުވީ މިއީ ރަނގަޅު ފިޔަވަޅެއް ނަމަވެސް، އަދިވެސް ޓިކެޓް އަގުތަކުގައި ބޮޑެތި ފަރަގުތައް އެބަހުރި ކަމަށެވެ. އެއް ސެކްޝަނެއްގައި ތިބޭ ދެ ސަޕޯޓަރުންގެ ތެރެއިން އެކަކު 480 ޑޮލަރު ދައްކާއިރު، އަނެކަކު 6,900 ޑޮލަރު ދައްކަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޓިކެޓްގެ އަގު އަދިވެސް ވަރަށް ބޮޑު ކަމަށްވެސް އެވައިން ވިދާޅުވިއެވެ.

ޖޫން 11 އިން ޖުލައި 19 އަށް ބާއްވާ މި މުބާރާތުގެ ޓިކެޓް ވިއްކުމުގެ ތިންވަނަ މަރުހަލާ މިހާރު ވަނީ ފަށާފައެވެ. އަގުތަކާ މެދު ފާޑުކިޔުންތައް ހުރި ނަމަވެސް، ޓިކެޓް ގަތުމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ފީފާއިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.