ފުލުހުންގެ ބެލުމުގައި ހުރި ވޭޕާއި ސިގިރެޓް ނައްތާލައިފި

ފުލުހުންގެ ބެލުމުގައި ހުރި ވޭޕާއި ސިގިރެޓް ނައްތާލައިފި

Author
އަހުމަދު
16 ޑިސެމްބަރ 2025 07:24
0

ގަލޮޅު، ހެންވޭރު އަދި މާފަންނު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެ ދަށުގައި ހުރި ވޭޕާއި ދުންފަތުގެ ބާވަތްތައް މިއަދު ދޫނިދޫގައި ނައްތާލައިފިއެވެ.

މި ތަކެތި ނައްތާލާފައި ވަނީ އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި ތަކެތީގެ ތެރެއިންނެވެ. ނައްތާލި ތަކެތީގެ ތެރޭގައި 102 ވޭޕް، 145 ވޭޕް ފްލޭވަރ، 1،096 ނެނޯސްޓިކް ކާޓްރިޖް، 114 ކޮއިލް، ހަތް ޑިސްޕޯސަބަލް ޕޮޑް، ހަތް ރީފިލިންގ ކާޓްރިޖް އަދި ފަސް ކާޓޫނު ސިގިރެޓް ހިމެނެއެވެ.

މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ވޭޕް އަދި ވޭޕް ކާޓްރިޖްގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.