ޤަވާއިދާ ޚިލާފަށް ހިންގި ތިން ސެލޫން ބަންދުކޮށްފި

ޤަވާއިދާ ޚިލާފަށް ހިންގި ތިން ސެލޫން ބަންދުކޮށްފި

Author
އަހުމަދު
15 ޑިސެމްބަރ 2025 07:08
0

މާލޭގައި ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ސެލޫންތަކާއި ސްޕާތަކަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުގެ ޓާސްކްފޯސްއިން ރޭ ހިންގި އޮޕަރޭޝަނެއްގައި ތިން ތަނެއް ބަންދުކޮށްފިއެވެ.

ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނަށް އަމާޒުކޮށް ހިންގި މި އޮޕަރޭޝަންގައި ސްޕާ އަދި ސެލޫން ހިންގާ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ބަލައި ފާސްކުރުމުގެ ތެރެއިން ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ތިން ތަނެއް ވަގުތުން ބަންދުކުރަން ފިޔަވަޅު އަޅާފައިވާނެކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހުއްޓުވުމާއި އެ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް ވެސް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ފިޔަވަޅު އަޅަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.