ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 866 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.
އޭގެ ކުރީ މަހުގެ ނިޔަލަށް ރިޒާވުގައި ހުރީ 859.5 މިލިއަން ޑޮލަރެވެ. ރިޒާވް އިތުރުވި ނަމަވެސް ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ވެސް އިތުރުވެ، އޮކްޓޫބަރު ނިމުނުއިރު 789.6 މިލިއަން ޑޮލަރަށް އަރައިފައިވެ އެވެ. ސެޕްޓެމްބަރު މަހު މި އަދަދު ހުރީ 781.7 މިލިއަން ޑޮލަރުގަ އެވެ. މި ހާލަތުގައި ބޭނުންކުރެވޭ ރިޒާވް އޮކްޓޫބަރުގެ ނިޔަލަށް ވަނީ 193 މިލިއަން ޑޮލަރަށް ކުޑަވެފަ އެވެ.
ސެޕްޓެމްބަރު މަހު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 194.4 މިލިއަން ޑޮލަރެވެ.
ކޮމެންޓު ފޮނުވާ