ދައުލަތުގެ ދަރަނީގެ ހިސާބުތައް މިސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ބަލަހައްޓަވާނެކަމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން މިހެން ބުނެފައިވަނީ މިއަދު ކުރި ޓްވީޓެއްގައެވެ. ނަމަވެސް އެޕާޓީން މިހެން ބުނެފައިވަނީ ކީއްވެގެންކަން ހާމަކޮށްފައެއް ނުވެއެވެ.
Dharaneege hisaabu thah mi Partyge Finance Minister Hon @iameeru balahattavaane. pic.twitter.com/20UX1ph2km
— MDP Secretariat (@MDPSecretariat) October 10, 2020
ދައުލަތުގެ ދަރަނިތައް އެމްޑީީގެ ފިނޭންސް މިނިސްޓަރ ބަލަހައްޓަވާނެކަމަށް އެޕާޓީން ބުނެފައިވާއިރު، އެންމެ ގިނަ ޢަދަދެއްގެ ދަރަނި ދައުލަތުން ދައްކަންޖެހޭނީ ކުރިއަށް އޮތް ތިން އަހަރުކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެއީ ކުރީ ސަރުކާރުންނަގާފައިވާ ލޯނުތަކަކީ ގްރޭސް ޕީރިއަޑު ކުރު ލޯނުތަކަކަށްވާތީކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ވަނީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި އަލުން މުރާޖާކުރުމަށްވެސް ގޮވާލައްވާފައެވެ.
ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ދަރަނި ނަގާފައިވަނީ ކުރީ ސަރުކާރުގެ ވެރިކަމުގައިކަމަށް އެމްޑީޕީގެ މަޖިލސް މެންބަރުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އަދި މިސަރުކާރުން ދަރަނި ނަގަނީ ވަރަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައިކަމަށާއި، އެދަރަނިތައް އަދާކުރުމަށް ދިގު މުއްދަތެއް ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުވެސް ވަނީ ވިދާޅުވެފައެވެ.
މިސަރުކާރުގެ ދަރަންޏަށް ޒިންމާވާނެކަމަށް ބުނެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށެވެ. އެއީ ވޯލްޑް ބޭންކާއި، އެހެނިހެން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާޑުކިޔާނެކަމެއްކަމަށާއި، އެއީ އެންމެ ދެއަހަރު ދުވަހުގެ ތެރޭގައި މިސަރުކާރުގެ ނާޤާބިލުކަން ދައްކުވައިދޭކަމެއްކަމަށްވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ