އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅި ފުރަތަމަ ކެނޑިޑޭޓަކަށް ޑރ. އަދީލް

އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅި ފުރަތަމަ ކެނޑިޑޭޓަކަށް ޑރ. އަދީލް

Author
އަހުމަދު
12 ޑިސެމްބަރ 2025 04:05
0

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރުކަމަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ފޯމް ޑރ. އަދީލް ފޯމު ހުށަހަޅުއްވައިފިއެވެ. ޑރ. އަދީލްއަކީ ޕީއެންސީން ޕްރައިމަރީއަށް ފުރުސަތު ހުޅުވާލުމުން އައްޑޫ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް ޕީއެންސީން ފޯމު ހުށަހެޅުއްވި ފުރަތަމަ ފަރާތެވެ.

ފޯމު ހުށަހެޅުއްވުމަށްފަހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އަދީލް ވިދާޅުވީ އައްޑޫ ސިޓީގެ ލޮބުވެތި ރައްޔިތުންނާއި، ޕީއެންސީގެ މެންބަރުންނާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އާއިލީ ބޭފުޅުންނާއި، އެކުވެރިންނާއި، ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ ތާއީދާއި އެހީތެރިކަމަށް އެދޭ ކަމުގައެވެ. ޑރ. އަދީލް ވަނީ ފާއިތުވި ރިޔާސީ އިންތިޚާބުގައި ނޭޝަނަލް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރި އެޕާޓީގެ ރައީސް ކާނަލް ނާޒިމްގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. އަދީލް ތާއީދު ކުރައްވާފައިވަނީ ރައީސް ޑރ. މުއިއްޒުއަށެވެ. އަދި ރައީސް މުއިއްޒުގެ ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީން އެމަނިކުފާނަށް ތާއީޑު ހޯއްދަވާ ދެއްވުމަށް ޑރ. އަދީލް އިސްކޮށް ހަރަކާތްތެރި ވެފައެވެ. އޭނާ މިހާރު ހުންނެވީ މި ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމްގައެވެ.

ޕީއެންސީން އަންނަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަކީ ވާދަވެރި ގޮނޑިއެއް ކަމުން، މި ގޮނޑިއަށް ޕީއެންސީގެ ޓިކެޓް ހޯދުމަށް ގިނަ ބޭފުޅުން ޝައުގުވެރިވާނެ ކަމަށް ބެލެވެއެވެ. ޕީއެންސީގެ ޕްރައިމަރީއަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހެވެ.

އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެކުނުގެ އެންމެ ބޮޑު އާބާދީ އޮންނަ ސިޓީއެވެ. މި ސިޓީގެ މޭޔަރުކަމުގެ ގޮނޑިއަކީ ސިޔާސީ ގޮތުން ވެސް ވެރިކަންކުރާ ޕާޓީއަށް މުހިންމު ގޮނޑިއެކެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.