މަސްވެރިންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ އިހްތިޖާޖާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނާގޮތުގައި މެންބަރު މައުރޫފް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ. މައުރޫފްގެ އިތުރުން އިތުރު ދެ މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން އިހްތިޖާޖުގައި ބައިވެރިވި ދެ ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
އިހްތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމާއެކު، އެ ދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އިހްތިޖާޖުގައި އިދިކޮޅު އެމްޑީޕީގެ ބައިވެރިވުން އޮތްކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓު ފޮނުވާ