ސްޓެލްކޯގެ އަލިފާނުގެ ހާދިސާގައި ފިހުނު މުވައްޒަފު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

ސްޓެލްކޯގެ އަލިފާނުގެ ހާދިސާގައި ފިހުނު މުވައްޒަފު ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ

Author
އަހުމަދު
11 ޑިސެމްބަރ 2025 11:02
0

މިދިޔަ ނޮވެމްބަރު 26 ވަނަ ދުވަހު ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ބާ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެ ކުންފުނީގެ މުވައްޒަފު އަހުމަދު އަޒްމީލް، 43، ތައިލެންޑުގައި ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހު ނިޔާވެއްޖެއެވެ.

ސްޓެލްކޯގެ ސުޕަވައިޒަރެއްގެ މަގާމުގައި 21 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރި އަޒްމީލަށް ފަރުވާދެމުން ދިޔައީ ބެންކޮކް ހޮސްޕިޓަލުގައެވެ. އިތުރު ފަރުވާއަށް އޭނާ ތައިލެންޑަށް ގެންދެވުނީ ނޮވެމްބަރު 30 ގައެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ ގްރިޑުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ސްވިޗް ގިއަރަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސްޓެލްކޯއާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް ތަހުގީގުގެ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.