އދ. މާމިގިލީގައި އެމްއެންޑީއެފްގެ 13 ދުވަހުގެ އަސްކަރީ ތަމްރީނު މާދަމާ ފަށަނީ

އދ. މާމިގިލީގައި އެމްއެންޑީއެފްގެ 13 ދުވަހުގެ އަސްކަރީ ތަމްރީނު މާދަމާ ފަށަނީ

Author
އަހުމަދު
09 ޑިސެމްބަރ 2025 06:18
0

ގައުމީ ދިފާޢީ ގާބިލިއްޔަތު ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އދ. މާމިގިލީގައި މުހިންމު އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދިއުމަށް ނިންމައި، އެ ތަމްރީނުތައް މާދަމާއިން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 13 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ހާމަކޮށްފިއެވެ.

ސިފައިންގެ ހުނަރުތައް ތަރައްގީކުރުމަށް ރާވާފައިވާ މި ތަމްރީނުތަކުގައި ހަތިޔާރާއެކު ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ބޭނުންކުރާނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މި ތަމްރީނުތަކުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުންވާނޭ ކަމަކަށް ބަލައެއް ނުގަނެ، ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާކަމުގެ ޔަގީންކަން އެމްއެންޑީއެފްއިން ދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.