ރަސްމާލޭގެ 215 ހެކްޓަރުގެ ބިން ހިއްކުން ފުރިހަމަކޮށްފި

ރަސްމާލޭގެ 215 ހެކްޓަރުގެ ބިން ހިއްކުން ފުރިހަމަކޮށްފި

Author
އަހުމަދު
08 ޑިސެމްބަރ 2025 08:15
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ތަރައްގީކުރަމުންދާ އިކޯ ފްރެންޑްލީ އާބަން ސިޓީ ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތުގައި މުހިންމު ބައެއް ފުރިހަމަ ކޮށްފިއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ހާމަކުރި ގޮތުގައި ފުށިދިއްގަރުފަޅުން 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ފުރިހަމަކޮށްފައިވާއިރު، މި މަޝްރޫއުގެ މަސައްކަތްތައް މިހާރު ހަލުވިކަމާއެކު ކުރިއަށް ގެންދަމުން ދާކަމަށް އެ ކުންފުނިން ބުންޏެވެ.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަށާފައިވާ މި މަޝްރޫއުގެ ދަށުން ޖުމުލަ 1153 ހެކްޓަރުގެ ބިމެއް ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތަށް ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ ޑްރެޖަރެއް ގެނެސް ބޭނުންކުރަމުން އަންނަ އިރު، ރަސްމާލެއިން 25،000 މީހުނަށް ގެދޮރު ފޯރުކޮށްދިނުމަކީ ރައީސް މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ސިލްސިލާގައި ހައުސިން މިނިސްޓްރީން ވަނީ 15،000 ގޯތި ދޫކުރުމަށް ހަމަޖައްސައި އިއުލާންކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.