އާ އަހަރަށް މަރުހަބާ ކިޔުމަށް ވިޒިޓް މޯލްޑިވްސް އިން ޑްރޯން ޝޯއެއް ބާއްވަނީ

އާ އަހަރަށް މަރުހަބާ ކިޔުމަށް ވިޒިޓް މޯލްޑިވްސް އިން ޑްރޯން ޝޯއެއް ބާއްވަނީ

Author
އަހުމަދު
07 ޑިސެމްބަރ 2025 08:02
0

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން 2026 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ޑްރޯން ޝޯއެއް ބާއްވަން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ނިންމައިފި އެވެ.

މި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮންނަ މި ޝޯ އިންތިޒާމު ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން މިއަދު ބުންޏެވެ. މި މަސްރޫއާ ގުޅޭ ތަފްސީލީ މައުލޫމާތު ދިނުމަށް މި މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ހ. ޒޮނޭރިއާގެ ހަތަރުވަނަ ފަންގިފިލާގައި ސެޝަނެއް އޮންނާނެ އެވެ.

މިދިޔަ އަހަރު ވެސް ވިޒިޓް މޯލްޑިވްސް އިން އާ އަހަރަށް މަރުހަބާ ކިޔުމަށް ޑްރޯން ޝޯއެއް ބާއްވާފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.