ބަހުރެއިންގައި އިއްޔެ ބޭއްވި 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެ އިން "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑު ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ދިފާއުކޮށްފި އެވެ. ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ ޝަރަފުވެރި އެވޯޑުކަމުގައިވާ މި އެވޯޑްސްގައި ރާއްޖެ އަށް އިތުރު ފަހުރުވެރި ކާމިޔާބީތަކެއް ވެސް ހޯދިފައި ވެއެވެ.
މި އަހަރުގެ އެވޯޑްސްގައި ރާއްޖެ އިން ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ވެސް ހޯދައިފައިވާ އިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ގިނަ ފަރާތްތަކަށް ވަކިވަކި އެވޯޑްތައް ލިބިފައި ވެއެވެ. ހުޅުލެ އައިލެންޑް ހޮޓެލް އަށް ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓުގެ އެވޯޑް ލިބިފައިވާއިރު، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަށް ވޯލްޑްސް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެވޯޑް ވަނީ ލިބިފައެވެ. ވައްކަރު މޯލްޑިވްސް އަށް ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެވޯޑާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް އަށް ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑު ވެސް ލިބިފައިވެ އެވެ.
ކޮމެންޓު ފޮނުވާ