ޕީއެސްއެމްގެ އެމްޑީ ކަމުން އިސްތިއުފާ ދިން ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

ޕީއެސްއެމްގެ އެމްޑީ ކަމުން އިސްތިއުފާ ދިން ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

Author
އަހުމަދު
02 ޑިސެމްބަރ 2025 12:00
0

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވި އިބްރާހިމް ނަސްރީން، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް މި ހަފްތާގައި އައްޔަނު ކުރައްވައިފި އެވެ.

ޑިސެމްބަރު 23، 2024 ގައި ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަނު ކުރެއްވި ނަސްރީން އެ މަގާމުން ވަކިވެވަޑައިގެންނެވީ ބޯޑު ބައްދަލުވުމެއްގެ ތެރެއިންނެވެ. އޭނާ ވަނީ އިއްޔެ ޔޫތު މިނިސްޓްރީގެ މަސައްކަތަށް ނުކުންނަވަން ފައްޓަވާފަ އެވެ. ނަސްރީން ވެގެން ދިޔައީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީ ކަމުން އިސްތިއުފާ ދެއްވި ތިން ވަނަ ބޭފުޅަށެވެ. އޭނާގެ ކުރިން ޒީނާ ޒާހިރާއި މުހައްމަދު ސައީދު ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ނަސްރީން އައްޔަނު ކުރެއްވުމާއެކު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ފަހަކަށް އެރީ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.