ސައުދީގެ އިންވެސްޓްމަންޓް ވަފްދެއް ރާއްޖެއަށް

ސައުދީގެ އިންވެސްޓްމަންޓް ވަފްދެއް ރާއްޖެއަށް

Author
އަހުމަދު
02 ޑިސެމްބަރ 2025 11:59
0

ދިވެހިރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ބެއްލެވުމަށް ސައުދީ އަރަބިއްޔާގެ މަތީ ފެންވަރުގެ ވަފްދެއް ރާއްޖެ ވަޑައިގެންފިއެވެ. މި ވަފްދުގައި އިސްކޮށް ހުންނެވީ ސައުދީގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދެވެ. މި ދަތުރުފުޅުގައި ސައުދީ ސަރުކާރުގެ އިސް ބޭފުޅުންނާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ހާމަކުރެއްވި ގޮތުގައި މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދެ ގައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. މިދިޔަ އަހަރު ދެ ގައުމުން ވަނީ އިގްތިސޯދީ އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ރާއްޖެއާއި ސައުދީއާ ދެމެދު 1981 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓް މެދުވެރިކޮށް ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ސައުދީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.