ގއ.ވިލިގިއްޔާއި ގދ.ވާދޫއާ ދެމެދު ދަތުރުކުރަމުން ދިޔަ "ފެހިލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާ ކަމުގެ ރިޕޯޓް މިއަދު ހަވީރު 16:59 ހާއިރު ލިބުމާ ގުޅިގެން މެރިން ފުލުހުން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށް ދީފިއެވެ. ދޯނީގައި ތިން މީހުން ތިބި އިރު، އެ ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ވަނީ ކޮށްފައެވެ. މެޓް އޮފީހުން މެދުރާއްޖެ ތެރެއަށް ވައިޓް އެލާޓް ނެރެފައިވާ މި ދަނޑިވަޅުގައި ދޯންޏަށް ދިމާވި މައްސަލައިގެ ތަފްސީލް އަދި ސާފެއް ނުވެ އެވެ.
ކޮމެންޓު ފޮނުވާ