އޭދަފުށީގައި ހުންނަ ރާއްޖޭގެ އެންމެ ރީތި އެއް މިސްކިތް ކަމުގައިވާ "މަސްޖިދުލް މުހައްމަދު އަލީ" ބިނާކުރެއްވި މުހައްމަދު އަލީ މިއަދު ނިޔާވެއްޖެއެވެ. އުމުރުން 89 އަހަރުގައި އޭނާ ނިޔާވީ އިންޑިޔާގެ ޗެންނާއީގައި ބޭސްފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
މުހައްމަދު އަލީގެ އެންމެ ބޮޑު އުއްމީދަކަށްވީ އަމިއްލަ ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމެވެ. އެ ހުވަފެން ހަޤީޤަތަކަށް ހައްދަވައި، ދަރިކަލުންގެ އެހީތެރިކަމާއެކު މިދިޔަ ރޯދަމަހު އެ މިސްކިތް ވަނީ ހުޅުވައިފައެވެ. މިއަދު އެތައް ބަޔަކު އެ މިސްކިތް ބަލާލުމަށް އޭދަފުއްޓަށް ޒިޔާރަތްކުރެއެވެ.
މުހައްމަދު އަލީއަކީ އޭދަފުށީގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގެވި، މަސްދޯނިފަހަރާއި މުދާ އުފުލާ ދޯނިފަހަރު ގެންގުޅުއްވި، ރަށުގެ ތަރައްޤީއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ