ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް

ސިވިލް ކޯޓުގެ ދެ ގާޒީއެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީއަށް

Author
އަހުމަދު
30 ނޮވެމްބަރ 2025 01:52
0

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން އާއި ގާޒީ ހާފިޒާ އަބްދުއްސައްތާރުގެ ސުލޫކީ މައްސަލައެއް އެ ކޯޓުގެ މުވައްޒަފުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި ގާޒީ އިހުސާންގެ މައްޗަށް ކުރެވެނީ މުވައްޒަފުންނަށް ފުރައްސާރަކުރާ ކަމުގެ ތުހުމަތެވެ. އަދި ގާޒީ ހާފިޒާއާ ގުޅޭ ގޮތުން ހުށަހެޅީ މުވައްޒަފުންނާ މުއާމަލާތްކުރާ ގޮތުގެ މައްސަލައެކެވެ. ޖޭއެސްސީން އަދި މި މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.

ގާޒީ ހާފިޒާއާ ގުޅޭ މިފަދަ މައްސަލައެއް މީގެ ކުރިން ވެސް ޖޭއެސްސީއަށް ހުށަހެޅުނެވެ. ނަމަވެސް މުވައްޒަފުން ބަޔާން ނުދިނުމުން އެ މައްސަލަ ސާބިތުނުވާ ކަމަށް ކޮމިޝަނުން ނިންމިއެވެ. މީގެ އިތުރުން އެ ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދާގެ މައްސަލަތަކެއް ވެސް ކުރިން ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލައަށް ވީ ގޮތެއް އަދި ސާފެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.