ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހް

ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރަކަށް ފަލާހް

Author
އަހުމަދު
30 ނޮވެމްބަރ 2025 09:31
0

އަންނަ އަހަރުގެ މާޗް 28 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ކެމްޕެއިން ހިންގެވުން އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހާ ހަވާލުކޮށްފި އެވެ.

މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 17 ގައި ހުޅުވާލާނެ އެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލަރުންގެ އަދަދު މިހާރު ވަނީ މަދުކޮށްފަ އެވެ. އެގޮތުން 2،000 އަށް ވުރެ ބޮޑު އާބާދީގެ ރަށްތަކަށް ފަސް ކައުންސިލަރުން އަދި އެއަށް ވުރެ ކުދި ރަށްތަކަށް ތިން ކައުންސިލަރުން ހޮވާނެ އެވެ.

ތިން ކައުންސިލަރުން ހޮވާ ރަށްރަށުން އެއް ގޮނޑި އަދި ފަސް ކައުންސިލަރުން ހޮވާ ރަށްރަށުން ދެ ގޮނޑި އަންހެނުންނަށް ހާއްސަކުރަން ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.