ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

Author
އަހުމަދު
30 ނޮވެމްބަރ 2025 09:29
0

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ނުވަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަނުގައި ލޭބާ އެކޮމޮޑޭޝަނަކާއި ގާ އެޅުމުގެ މަސައްކަތްކުރާ ތަނެއް ބަލައިފާސްކޮށްފައިވެ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ހުއްޓުމެއް ނެތި ކުރިއަށް ގެންދާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.