ތިނަދޫގައި ހަށިވިއްކުމުގެ މައްސަލައެއްގައި ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށްފި

ތިނަދޫގައި ހަށިވިއްކުމުގެ މައްސަލައެއްގައި ދެ މީހަކު ކުށުގެ ވެށިން ހައްޔަރުކޮށްފި

Author
އަހުމަދު
30 ނޮވެމްބަރ 2025 09:26
0

ގދ. ތިނަދޫގައި ފައިސާއަށް ހަށިވިއްކަމުންދާ ކަމުގެ ރިޕޯޓާ ގުޅިގެން ރޭ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނަކު ހައްޔަރުކޮށްފި އެވެ.

މި ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ބަދުއަހުލާގީ އަމަލު ހިންގަމުން ދަނިކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފިރިހެން މީހާ ކަފާލާތުގެ ދަށުން ދޫކޮށްލި ނަމަވެސް، އަންހެން މީހާ ހަތަރު ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.