ޚާލިދާ ޒިއާގެ ހާލު ސީރިއަސްވެ، އެއާ އެމްބިއުލާންސް ތައްޔާރީ ހާލަތުގައި

ޚާލިދާ ޒިއާގެ ހާލު ސީރިއަސްވެ، އެއާ އެމްބިއުލާންސް ތައްޔާރީ ހާލަތުގައި

Author
އަހުމަދު
29 ނޮވެމްބަރ 2025 08:47
0

ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ، ޑާކާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އުމުރުފުޅުން 80 އަހަރުގެ ޚާލިދާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މި މަހުގެ 23 ވަނަ ދުވަހު ފުއްޕާމޭގެ އިންފެކްޝަނެއް ޖެހިގެންނެވެ. ބީއެންޕީގެ މެންބަރު އަހްމަދު އަޒަމް ވިދާޅުވި ގޮތުގައި ޚާލިދާގެ ހާލުކޮޅު މިވަގުތު ހުރީ ވައިގެ މަގުން އެހެން ގައުމަކަށް ގެންދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ނަމަވެސް ހާލުކޮޅު ކުޑަކޮށް ވެސް ރަނގަޅުވެއްޖެ ނަމަ ގައުމުން ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސް ތައްޔާރީ ހާލަތުގައި އެބައޮތެވެ.

ޚާލިދާއަށް ހިތުގެ މައްސަލަތަކާއި ކިޑްނީގެ މައްސަލަތަކާއި ހަކުރު ބައްޔާއި އާތުރައިޓިސް ފަދަ ގިނަ ބަލިތައް ޖެހިފައިވާއިރު، ހިތުގައި ޕޭސްމޭކަރަކާއި ސްޓެންޓެއް ވެސް ލައްވާފައިވެ އެވެ.

ތިން ފަހަރު ބޮޑުވަޒީރުކަން ކުރެއްވި ޚާލިދާ 2018 ގައި ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލަށް ލީ ނަމަވެސް، މިދިޔަ އަހަރު ޝައިހް ހަސީނާގެ ވެރިކަން ވެއްޓުމާ އެކު ވަނީ މިނިވަންވެފަ އެވެ. ސިއްހީ ހާލުކޮޅު ގޯސް ނަމަވެސް އަންނަ ފެބްރުއަރީގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޚާލިދާ ވަނީ އިއުލާނުކުރައްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.