ދެ ޑްރެޖަރާއެކު ހުޅުމާލެ ފޭސް 3 ބާރު ސްޕީޑްގައި ހިއްކަން ފަށައިފި

ދެ ޑްރެޖަރާއެކު ހުޅުމާލެ ފޭސް 3 ބާރު ސްޕީޑްގައި ހިއްކަން ފަށައިފި

Author
އަހުމަދު
28 ނޮވެމްބަރ 2025 09:00
0

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ދެ ޑްރެޖަރު ބޭނުންކޮށްގެން އެއްފަހަރާ ކުރިއަށް ގެންދަން ފަށައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ހާމަކުރެއްވި ގޮތުގައި މި ދެ ޑްރެޖަރު ރާއްޖެ އައީ މީގެ ތިން ދުވަސް ކުރިންނެވެ.

ސީއެމްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާއިރު، 2024 ސެޕްޓެމްބަރުގައި ފެށި މި މަސައްކަތުން މިހާތަނަށް 24 ހެކްޓަރު ވަނީ ހިއްކާފައެވެ. ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމަށް މަޑުޖައްސާލުމަށްފަހު، ބާކީ 38 ހެކްޓަރު ހިއްކުމުގެ މަސައްކަތް އަލުން ފެށީ ނޮވެމްބަރު 10 ގައެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއު ވީހާވެސް އަވަހަށް ނިންމައި ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.