ދިވެހި ފުލުހުންގެ ކަނޑުމަތީގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް ޖަޕާން ސަރުކާރުން 78.6 މިލިއަން ރުފިޔާގެ އުޅަނދު ހަދިޔާކޮށްފިއެވެ. މި އެހީގެ ދަށުން ފަސް ލޯންޗާއި ތިން ރިޖިޑް ހަލްޑް އިންފްލޭޓަބަލް ބޯޓު (އާރުއެޗްއައިބީ) ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
މި އުޅަނދުތައް ފުލުހުންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހޯމް މިނިސްޓަރު އަލީ އިހުސާން ކަމަށްވާއިރު، ޖަޕާން ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު އިޝިގާމީ ރޫމިކޯއެވެ. މިއީ 2022 ވަނަ އަހަރު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސް އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ.
ޖަޕާން އެމްބަސީން ބުނީ މި އުޅަނދުތަކުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކަށް އަވަހަށް އިޖާބަދީ، ރައްޔިތުންނަށް ފުލުހުން ފޯރުކޮށްދޭ ހިދުމަތް އިތުރަށް ރަނގަޅުވެގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ