ފާޙިޝް އަމަލުތައް ފެތުރުމުގައި ސޯޝަލް މީޑިއާގެ ދައުރު ވަރަށް ބޮޑުކަމަށް ބުނެ، އެ ކަންކަމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
ފާޙިޝް އަމަލުތަކާ ދުރުހެލިވުމުގެ މައްޗަށް ޚާއްސަކޮށްފައިވާ މި ޚުތުބާގައި ބުނީ، ނޫސްތަކާއި ޓީވީތަކާއި އެކިއެކި މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް އެއްވެސް ލަދެއް ނެތި ހިތުހުރިހާ ވާހަކައެއް ފަތުރަމުންދާ ކަމަށެވެ. މި ކަންކަން ކުރާއިރު، އެ އަމަލުތަކަށް ﷲ ފާރަވެރިވެ ބައްލަވާވޮޑިގެންވާކަމާއި ޤިޔާމަތް ދުވަހު އެ ކަންކަމާ މެދު ސުވާލުކުރައްވާނެކަން ހަނދާންކުރަންޖެހޭ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
މި ފަދަ ވަސީލަތްތައް ހިންގާ ފަރާތްތަކާ މި ވަސީލަތްތައް ބޭނުންކުރާ ޢާންމު ފަރުދުން މި ކަންކަންކުރަނީ، ފަހެ، އެބައިމީހުންގެ މި ޢަމަލުތަކަށް ﷲ ތަޢާލާ ފާރަވެރިވެ ބައްލަވައިވޮޑިގެންވާކަން ހަނދުމަނެތިހެއްޔެވެ؟ އެ ޢަމަލުތަކާ މެދު ﷲ ތަޢާލާ ޤިޔާމަތްދުވަހު ސުވާލުކުރައްވާނޭކަން ނޭނގިހެއްޔެވެ؟
ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މީޑިއާ ހިންގާ އެޑިޓަރުންނާއި މަސްއޫލުވެރިން ޝަރުޢީ އިމުގެ ތެރެއިން މީޑިއާ ބޭނުންކުރުމަށް މުވައްޒަފުންނަށް ނަސޭހަތްތެރިވާންޖެހޭ ކަމަށާއި، އެ ޒިންމާ ނުނަގައިފިނަމަ ސުވަރުގޭގެ ވަސް ވެސް ނުލިބޭނެކަމަށް ރަސޫލާ ހަދީސްކުރައްވާފައިވާ ކަމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.
ކޮމެންޓު ފޮނުވާ