ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
ޖޭއެސްސީގެ ތަހުގީގަށް ސާބިތުވާ ގޮތުގައި ގާޒީ ފާއިޒް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައެވެ. މިއީ ރާއްޖޭގެ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއްކަމަށް ކޮމިޝަނުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ މަހުގެ 23 ވަނަ ދުވަހު ގާޒީ ފާއިޒް ސަސްޕެންޑް ކޮށްފައިވާއިރު، މަގާމުން ވަކިކުރުމާމެދު ގޮތެއް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ކޮމެންޓު ފޮނުވާ